ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 11:35
ޑަބްލިއު 350 ޓަވަރ ބޭނުންކުރެވޭނީ އޮފީސްތަކާއި، ފިހާރަ، ހޮޓާ، އަދި މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް
ޑަބްލިއު 350 ޓަވަރ ބޭނުންކުރެވޭނީ އޮފީސްތަކާއި، ފިހާރަ، ހޮޓާ، އަދި މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް
ބީބީސީ
ޑަބްލިއު 350 ޓަވަރު
ލަކުޑިން ހަދާ އެންމެ އުސްޓަވަރުގެ ކުރެހުން ދައްކާލައިފި
މަޝްރޫއުގެ އަގަކީ ގާތްގަނޑަކަށް 600 ބިލިއަން ޔެން
ޑަބްލިއު 350 ޓަވަރަކީ 70 ބުރީގެ އިމާރާތެއް

ދުނިޔޭގައި ލަކުޑި ބޭނުންކޮށްގެން ހަދާ އެންމެ އުސް އިމާރާތުގެ ކުރެހުން ދައްކާލައިފިއެވެ.

މި މަސައްކަތްކުރާ ސުމިޓޯ ފޮރެސްޓްރީ މި އިމާރާތް ހަދައި ނިންމާނީ 2041 ވަނަ އަހަރުއެވެ. އެއީ އެ ކުންފުންޏަށް 350 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށެވެ. އެ ކުންފުނިން މިހާރު ގެންދަނީ އޭގެ ކުރިން އިމާރާތުގެ ޕްލޭންތައް ކުރަމުންނެވެ.

އެ ކުންފުނިން ބުނީ 70 ބުރީގެ ޑަބްލިއު 350 ޓަވަރުގައި ދަގަނޑު ބޭނުންކުރާނީ 10 ޕަސެންޓް ކަމަށާއި އެއީ 180،000 ކިއުބިކް މީޓަރުގެ ލަކުޑި ކަމަށެވެ. އެއީ 8،000 ގެ އިމާރާތް ކުރާހާ ލަކުޑިއެވެ.

ޖަޕާނުގެ މިހާރުގެ އާދަކާދަ އާއު ގަވާއިދުތަކާ އެއްގޮތަށް މި އިމާރާތް ވެސް ކުރެވިގެންދަނީ އެގައުމަށް އާއްމުކޮށް އަންނަ ބިންހެލުންތަކުން ރައްކާތެރިވާނެ ގޮތަށެވެ.

މި މަޝްރޫއުގެ އަގަކީ ގާތްގަނޑަކަށް 600 ބިލިއަން ޔެން (4.02 ބިލިއަން ޕައުންޑު) އެވެ. މިއީ އާއްމުކޮށް އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ބޭނުންކޮށްގެން އިމާރާތެއް ކުރުމަށް ހޭދަވާ މިންވަރުގެ ދެގުނަ ބޮޑު އަދަދެކެވެ.

ނަމަވެސް ސުމިޓޯމޯ އިން ބުނީ މިހާރު ބަލަމުންދާ ޓެކްނޮލޮޖީތަކާ އެކު އިމާރާތް އެޅުމުގެ ޚަރަދު އެ އަށް ވުރެ ކުޑަވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. "ޑަބްލިއު 350 ޓަވަރ" ބޭނުންކުރެވޭނީ އޮފީސްތަކާއި، ފިހާރަ، ހޮޓާ، އަދި މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށެވެ.

މިހާރު ލަކުޑިން ހަދާފައި ހުރި އެންމެ އުސް ޓަވަރަކީ ވެންކޫވާގައި ހުންނަ ދަރިވަރުންގެ ފްލެޓެކެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް