އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ދެކޮޅަށް ހެކި ނުލިބުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ތަހުގީގަށް ހޯދަން ބޭނުންވާ ހެކިތައް ފޮރުވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށް ގާނޫނީ ވަކީލް ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުއްތަމަފަނޑިޔާރު ބަންދު ކުރެއްވުމަށް ފަހު ތުހުމަތުތައް ކޮށްފައިވާ މައްސަލަތަކުގެ، ހެކި ނެތުމުން ތަހުގީގަށް ބޭނުންވާ ހެކި އެމަނިކުފާނު ފޮރުވާފައިވާ ފުލުހުން ތުހުމަތުކުރާ ކަމަށެވެ.
A new charge has been filed against CJ Hon. Abdullah Saeed by @PoliceMv alledging concealment of evidence. Bandhukurumahfahu, thuhumathu hadhaafa, heki neetheema mivee thahugeega hoadhan beynunvaa heki foruvikama! #MaldivesInCrisis pic.twitter.com/Gxwrdmwae1
— Hisaan ؟ (@hisaanhussain) February 17, 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތާއި ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތެވެ.