ހުކުރު ދުވަހު ބޭއްވި އެއްވުން ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ކުރި އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ވަރަށް ގިނަ އަދަދަކަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެސްއޯ ފުލުހުން ނޫސްވެރިން ތަޅާ އަނިޔާ ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ބައެއް ނޫސްވެރިންނަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
Strongly condemn attacks on journalists by @policemv in yesterday’s protests. They were heavily pepper sprayed, manhandled and beaten up by riot police. Some are still being treated in the hospital. #MaldivesInCrisis pic.twitter.com/aZiL0fbbCW
— Mohamed Nasheed (@MohamedNasheed) February 17, 2018
ފުލުހުން ވަނީ ހާލަތާ ނުބައްދަލުގެ ބާރު ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށާއި އެ ސަރަހައްދުގައި ހަރަކާތްތެރި ނޫސްވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާ، އެކިވަރުގެ އަނިޔާތައް ކޮށްފައެވެ.
އެމްޑީޕީ އާއި ޖޭޕީން ވަނީ ނޫސްވެރިންނަށް އަނިޔާ ނުކުރުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލާ ބަޔާންނެރެފައެވެ.