ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 15:34
ޒައިނަބް ގެއްލިފައިވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު
ޒައިނަބް ގެއްލިފައިވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު
ބީބީސީ
ޒައިނަބުގެ މަރު
ޒައިނަބުގެ މަރު:ގާތިލުގެ މައްޗަށް ހަތަރު މަރުގެ ހުކުމެއް އިއްވައިފި
އެހެން ބައެއް ގަތުލުތަކާއިވެސް ޒައިނަބުގެ ގާތިލާ ގުޅުންވޭ: ޕޮލިސް
ޒައިނަބްގެ ގާތިލުވަނީ ކުށަށް އިއުތިރާފުވެފައި

ޕާކިސްތާނުގައި މިދިޔަ މަހު ރޭޕްކޮށް މަރާލި އުމުރުން ހަ އަހަރުގެ ޒައިނަބްގެ ގާތިލު، 24 އަހަރުގެ އިމްރާން އަލީގެ މައްޗަށް ހަތަރު މަރުގެ ހުކުމެއް އެ ގައުމުގެ ކޯޓަކުން އިއްވައިފިއެވެ.

ޒައިނަބް ގެއްލިފައިވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އޭނާގެ މައިފުށުގެ ބޮޑުދައިތަގެ ގެއަށް ގުރުއާން ކިޔަވަން ދަނިކޮށެވެ. ޒައިނަބް ވަގަށްނަގާފައި ވަނީ އޭނާގެ ގެއާއި ދުރުނޫން ހިސާބެއްގައި ހުންނަ އެ ގެއަށް ދަނިކޮށް ކަމަށް ވަނީ ބެލެވިފައެވެ.

އޭނާ ގެއްލުނުތާ ފަސްދުވަސް ފަހުން ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުފެނިފައި ވަނީ މަރާލައި ކުނިގޮޑަށް އެއްލާލައިފައި އޮއްވަ އެވެ.

ޒައިނަބްގެ މަރާއި ގުޅިގެން ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ފެށި މުޒާހަރާތަކުގައި ފުލުހުންނާމެދު ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ ދެ ބައިވެރިޔަކު މަރުވެފައިވެއެވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއިއެކު ބޭއްވި އަޑުއެހުމަށް ޒައިނަބްގެ ބައްޕަވެސް ހާޒިރުވެފައިވެއެވެ.

ޒައިނަބް މަރާލެވުނު އަވަށުގައި މީގެ ކުރިން ހިނގާފައިވާ އެފަދަ އެހެން ބައެއް ގަތުލުތަކާއިވެސް ޒައިނަބުގެ ގާތިލާ ގުޅުންވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މަންޒަރުދުށް އެތައް ބަޔަކު ޝަރީއަތުގައި ހެކިބަސްދީފައިވާއިރު އަލީ އާއިދެކޮޅަށް ޑީއެންއޭއާއި ޕޮލިގްރަފް ހިމެނޭގޮތުން ފޮރެންސިންކް ހެކިވެސް ހުށަހަޅާފައިވެއެވެ.

ޝަރީއަތުގައި އަލީ ތުހުމަތަށް އެއްބަސްވުމާއިއެކު އޭނާގެ ވަކީލު މައްސަލައިން ތަނާޒުލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާއަށް މަރުގެ ހުކުމް އިއްވާފައިވަނީ ކިޑްނޭޕްކުރުމާއި،ރޭޕްކުރުމާއި،މީހަކު މެރުމާއި އަދި އޭގެ އިތުރުން ޓެރެރިޒަމްގެ ކުށުގައެވެ.

މީގެ އިތުރުން ވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލުހުކުމަކާއި،3.2 މިލިއަން ރުޕީސް(447180 ރުފިޔާ)ގެ ޖޫރިމަނާއެއް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް