ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންގެ އެތެރެ ހަށްޓަށް އަނިޔާވެފައިވާ ކަމަށާއި އިތުރަށް އޮބްޒަވޭޝަން ހަދަން ބޭނުންވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.
ހުސެއިން އަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އިތުރު ފަރުވާއަށް ހުސެއިން ވަނީ އެދުމަތިކުރެވިފައެވެ.
ރާއްޖެޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ ހުސެއިން ހައްޔަރުނުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން އަނިޔާ ކުރަމުންދާތީ ފިޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ފުލުހުން ހުސެއިން ހައްޔަރުކޮށްފައިވަނީ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވަނިކޮށެވެ.
ފުލުހުން ވަނީ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް އަމާޒުކޮށް ގަސްތުގައި އަނިޔާކޮށްފަ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިން ވަނީ ބުނެފައެވެ.