ޕޮލިސް ކޮމިޝަނާ ބިއުރޯގެ ހެޑަކަށް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އައްޔަނު ކުރައްވައިފިއެވެ.
ޝިފާން މިހާރު ވެސް ހުންނެވީ ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައެވެ.
ޕޮލިސް ކޮމިޝަނާ ބިއުރޯގެ ހެޑުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް އެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެބޭފުޅާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރި ފަހުން ސަރުކާރުން ވަނީ ފުލުހުންގެ އިސްވެރިންތަކެއް މަގާމުން ވަކިކޮށްފައެވެ. އެގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަހުމަދު އަރީފު އަދި ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި އަހުމަދު ސައުދީ ވަނީ ވަކިކުރައްވާފައެވެ.
މިހާރު ފުލުހުންގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒްއެވެ.