މަޖްލާން 46 ސްޕީޑް ލޯންޗެއް އަލްޝާލީ މެރިން މޯލްޑިވްސް އިން ލޯންޗުކޮށްފިއެވެ.
އެ ކުންފުނީގެ ފަރާތުން މި ލޯންޗު ބަދެފައިވަނީ ހުވަފެންފުށި ރިސޯޓަށެވެ. މި ލޯންޗަކީ އިޓަލީގެ ޑިޒައިނެކެވެ.
މި ލޯންޗު މީޑިއާތަކަށް ދައްކާލަމުން އަލްޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރ އިސްމާއީލް ޝަރީފް ވިދާޅުވީ މި ލޯންޗު ބަނުމަށްޓަކައި ހަތަރު މަސް ދުވަސް ހޭދަވި ކަމަށާއި ކުންފުނީގެ އަމާޒަކީ ކްލައިންޓުންނަށް ބޭނުންވާ ހިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުން ކަމަށެވެ.
މި ލޯންޗު ޑިޒައިން ކޮށްފައިވަނީ 12 މީހުންނަށް ދަތުރުކުރެވޭ ގޮތަށް ލަގްޒަރީ ފެންވަރަށެވެ.
އިތުރު ޕެސެންޖަރ ބޯޓެއް ޑިޒައިންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އަލްޝާލީ މެރިން އަކީ 100 ފޫޓަށްވުރެންވެސް ލޯންޗުތަކާއި ޔޮޓްތައް ބަންނަ ކުންފުންޏެކެވެ.