ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 11:04
ރައީސް އެމަރސަން ނަންގަގްްވާ، ސްވާންގިރާއީގެ ގެއަށް ވަޑައިގެން ބައްދަލުކުރައްވަނީ
ރައީސް އެމަރސަން ނަންގަގްްވާ، ސްވާންގިރާއީގެ ގެއަށް ވަޑައިގެން ބައްދަލުކުރައްވަނީ
އަލްޖަޒީރާ
ޒިމްބާބުވޭ
ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު މޯގަން ސްވާންގިރާއި އަވަހާރަވެއްޖެ
އަވަހާރަވީއިރު ގެންދެވީ ގޮހޮރުގެ ކެންސަރަށް ފަރުވާކުރައްވަމުން
ސްވާންގިރާއީ ވަނީ ކުރިން ބޮޑުވަޒީރުކަން ކުރައްވާފައި

ޒިމްބާބުވޭގެ އިދިކޮޅު މައި ލީޑަރު މޯގަން ސްވާންގިރާއި ދެކުނު އެފްރިކާގައި އަވަހާރަވެއްޖެ ކަމަށް އެ މަނިކުފާނުގެ ޕާޓީ އެމްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ކުރިން ބޮޑު ވަޒީރުކަން ކުރައްވާފައިވާ އުމުރުފުޅުން 65 އަހަރުގެ ސްވާންގިރާއި އަވަހާރަވީއިރު ގެންދެވީ ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ.

"އެ މަނިކުފާނު އަވަހާރަވީ މިއަދު ހަވީރު. އާއިލާ އިން ވަނީ މި މައުލޫމާތު އަޅުގަނޑަށް ދީފައި،" އެމްޑީސީގެ ނާއިބު ރައީސް އެލިއަސް މުޑްޒޫރީ ރޮއިޓަރސްގައި ވިދާޅުވިއެވެ.

ސްވާންގިރާއީގެ ސިޔާސީ ހަޔާތްޕުޅު ފާހަގަކުރެވިގެންދަނީ ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭއަށް ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތި ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އެ މަނިކުފާނު ވަނީ އެތައް ފަހަރަކު އަނިޔާ ލިބި ޖަލަށްލެވިފައެވެ.

ސްވާންގިރާއި އަވަހާރަވި ޚަބަރު އިއުލާނުކުރައްވަމުން މުޑްޒޫރީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމްޑީސީގެ ފަހުރެއް އަދި ޑެމޮކްރަސީއަށް މަސައްކަތްކުރެއްވި ލީޑަރ ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

މޫވްމަންޓް ފޮރ ޑެމޮކްރެޓިކް ޗޭންޖް، ސްވާންގިރާއި އުފައްދަވާފައި ވަނީ ދިގު ވެރިކަމެއް ކުރެއްވި މުގާބޭއަށް ތަކުރާރުކޮށް ގޮންޖެއްސެވުމަށް ފަހު 2000 ވަނަ އަހަރުއެވެ.

މޯގަން ސްވާންގިރާއީއަކީ ރޮބަރޓް މުގާބޭ ގެންގުޅުއްވި ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް އާދަޔާ ޚިލާފް ހިތްވަރެއްގައި މަސައްކަތްކުރައްވައި އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅުއްވި ފަރާތެކެވެ.

މުގާބޭ ވެރިކަމުން ދުރުކުރުމުގައި ސްވަންގިރާއި އަށް ކާމިޔާބު ލިބިވަޑައިނުގެންނެވި ނަމަވެސް މުގާބޭގެ ވެރިކަން ވެއްޓިގެން ދިޔަ މަންޒަރު ވަނީ ފެނިވަޑައިގެންފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް