ކ. މާލެ
|
14 ފެބްރުއަރީ 2018 | ބުދަ 16:50
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
މުހައްމަދު ޝަރުހާން
މީރާގެ އިގްތިސާދީ ރިވިއު
މިދިޔަ މަހު މީރާ އަށް ބީޕީޓީގެ ގޮތުގައި 872 މިލިއަން ރުފިޔާ ލިބިއްޖެ
މީރާ މެދުވެރިކޮށް ދައުލަތަށް 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައި
ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 825 މިލިއަން ރުފިޔާ
ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ މަހުގެ މީރާއަށް ލިބިފައި ވަނީ 102 މިލިއަން ރުފިޔާ

މިދިޔަ މަހު މީރާ އަށް ވިޔަފާރި އާއި ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 872 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެފިއެވެ.

މީރާ އިން އާންމު ކޮށްފައިވާ ޖެނުއަރީ މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން ދެ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިފައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 825 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ މިދިޔަ މަހުގެ ޖުމްލަ އާމްދަނީގެ 37.6 ޕަސެންޓެވެ.

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީރާއަށް ލިބިފައިވާ 2.2 ބިލިއަން ރުފިޔާއަކީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 0.02 ޕަސެންޓް ކުރިއެރުމެކެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް މީރާ އިން އަންދާޒާ ކުރި މިންވަރަށް ވުރެ 10.7 ޕަސެންޓް އިތުރު އަދަދެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ މަހުގެ މީރާއަށް ލިބިފައި ވަނީ 102 މިލިއަން ރުފިޔާ ލިބިފައިވާއިރު މީރާއަށް ޑޮލަރު އާމްދަނީގެ ގޮތުގައި 73.7 މިލިއަން ލިބިފައިވާ ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީ އިތުރުވެގެން ދިޔައީ ފަތުރުވެރިން އިތުރުވުމާއި މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މީރާ އަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ހޯދައިފައިވުމުންނެވެ.

- ކޮމެންޓް