ކ. މާލެ
|
13 ފެބްރުއަރީ 2018 | އަންގާރަ 19:46
ރައީސް ޒޫމާ
ރައީސް ޒޫމާ
ރޮއިޓަރސް
ދެކުނު އެފްރިކާ
ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ރަސްމީކޮށް ޒޫމާ އަށް އޭއެންސީން އަންގައިފި
އޭއެންސީން އެންގި އެންގުމަށް ރައީސް ޒޫމާ ކޮންމެވެސް އެއް ޖަވާބެއް ބުދަ ދުވަހު ދެއްވާނެ ކަމަށް ރިޕޯޓުތައް ބުނޭ

"ގައުމުގެ ހައްގުގައި" ވެރިކަމުން އިސްތިއުފާ ދެއްވުމަށް ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ އަށް ވެރިކަން ކުރާ އެފްރިކަން ނެޝެނަލް ކޮންގްރެސް (އޭއެންސީ) އިން ރަސްމީކޮށް އަންގައިފިއެވެ.

އޭއެންސީން އެންގި އެންގުމަށް ރައީސް ޒޫމާ ކޮންމެވެސް އެއް ޖަވާބެއް ބުދަ ދުވަހު ދެއްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުފުޅުން 75 އަހަރުފުޅުގެ ޒޫމާ މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާނަމަ ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ނިންމާފައިވާއިރު މި ވޯޓް ޒޫމާއަށް ގެއްލިގެންގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. ދެކުނު އެފްރިކާގެ ރައީސް ކަމުގެ މަގާމުގައި 2009 ވަނަ އަހަރުން ފެށިގެން ހުންނެވި ޒޫމާއަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކާއި ކުރިމަތިވެ ވަޑައިގެންފައެވެ.

ޑިސެމްބަރުމަހުން ފެށިގެން އޭއެންސީގެ ލީޑަރު ކަމަށް ޒޫމާގެ ބަދަލުގައި ސައިރިލް ރާމަފޯސާ ވަނީ އައްޔަން ކުރައްވާފައެވެ.

މީގެ ކުރިން ޒޫމާ ވިދާޅުވެފައި ވަނީ ރައީސްކަމުގެ މަގާމުން ކުރިއަށް އޮތް ތިން މަހާއި ހަމަހާއި ދޭތެރޭ އެމަނިކުފާނު އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މިދިޔަ އޯގަސްޓް މަހު ރައީސް ޖޭކޮބް ޒޫމާގެ މައްޗަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނެންގެވިއެވެ. އެ ވޯޓުން ރައީސް ޒޫމާ ވަނީ ސަލާމަތްވެވަޑައިގެންފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް