ފުލުހުންގެ ބަންދުގައިވާ ފަރާތްތަކަށް ވަކީލުންގެ ފުރުސަތު ނުދޭ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ޚަބަރުތަކެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
Fuluhunge bandhugaiva faraithakah vakeelunge furusathu nudhey kamah bune fathuramun annany hageegatha khilaafu khabareh. 1/3
— Maldives Police (@PoliceMv) February 13, 2018
ފުލުހުންގެ ރަސްމީ ޓުވިޓަރ އެކައުންޓް މެދުވެރިކޮށް އަންގާރަ ދުވަހު ކުރި ޓުވީޓްތަކެއްގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި، ތަހުގީގު ކުރާ ވަގުތުތައް ފިޔަވާ އެހެން ވަގުތުތަކުގައި ވަކީލުންނާއި ބައްދަލުކުރުމަށް ދުވާލަކު 30 މިނިޓަށް ވުރެ ދިގު ނުވާނެ ގޮތަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
Kulli nurakkaluge haalathu nimumakah annandhen, MPS in thahgeegu kuramundha massalathakugai, thahgeegukura vaguthuthah fiyavai ehen vaguthu thakugai vakeelunna bahdhalukurumah dhuvaalaku 30 minute ahvure dhigu nuvaagothah furusathu dhinumah vany hamajehifai. 2/3
— Maldives Police (@PoliceMv) February 13, 2018
މީގެ އިތުރުން 30 މިނެޓްގެ ފުރުސަތު ދެވޭނީ ކުށުގެ ތުހުމަތުގައިވާ ފަރާތުން އެމީހެއްގެ ވަކީލާ ބައްދަލުކުރަން އެދެފިނަމަ، ބަންދުގައިވާ ފަރާތްތަކާ ތަހުގީގަށް ސުވާލު ނުކުރާ ދުވަސްތަކުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
Adhi migothah 30 minute ge furusathu dheveynee kushuge thuhumathugaiva faraathun aynaage vakeela bahdhalukuran edhefinama, bandhugaiva faraithaka thahgeegah suvaalu nukura dhuvasthakugai kamugai dhannavan. 3/3
— Maldives Police (@PoliceMv) February 13, 2018