ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަމިއްލައަށް ފުލުހުންގެ އިދާރާއާއަށް ހާޒިރުވެއްޖެއެވެ.
ފުލުހުން ހޯމަދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިލްހާމް ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެފައިވަނީ 11:37 ގައި ކަމަށެވެ.
އިލްހާމްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރުމަށް ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައިގެ ތުހުމަތު ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ފުލުހުން ހިންގަމުންދާ ތަހުގީގަކަށް ކަމަށް ބުނެ އިލްހާމު ނުފެނިގެން ފުލުހުން އިލްހާމް ހޯދަށް އިއުލާން ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެއިއުލާނުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ވެސް ހޯދަން އިއުލާންކޮށްފައި ވެއެވެ. ހުކުރު ދުވަހު ފުލުހުން ކުރި އިއުލާނާ ގުޅިގެން ސިނާނު ވަނީ ހަމަ އެ ދުވަހު އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވެސް އެ ދެ މެމްބަރުން ހޯދަން ފުލުހުން ހޯދަން އިއުލާން ކުރިއެވެ. އަދި އޭގެ ފަހުން އެ ދެ މެމްބަރުން ރާއްޖެ ވަޑައިގެން، ވެލާނާ އިންޓާރނޭޝަނަލް އެއާރޕޯޓުން އެ ދެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދެ މެމްބަރުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މެންބަރުން ދޫކޮށްލަން ވަނީ އަމުރު ކޮށްފައެވެ.