ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އާދަމް ޒާލިފްގެ ފޯނު ފުލުހުން ހޯމަ ދުވަހު އަތުލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒާލިފްގެ ފޯނު ފުލުހުން އަތުލީ އިލްހާމްގެ އަނބިކަބަލުން އައިމިނަތު މާޝާ ހަސަން އާއި އެކު ހޯމަދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ. އެދެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ޒާލިފްގެ ފޯނު ފުލުހުން އަތުލީ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ޒާލިފްގެ ފޯނު ފުލުހުން އަތުލާފައިވާއިރު އާދީއްތަ ދުވަހު އިލްހާމްގެ އަނބިކަނބަލުން މާޝާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލީ ހޯމަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގުމަށްފަހުގައެވެ. އިލްހާމު ހޯދަން މިދިޔަ ހުކުރު ދުވަހު ފުލުހުން އިއުލާން ކުރި ނަމަވެސް، މިހާތަނަށް އިލްހާމް ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އިލްހާމް ހޯދަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރުމަށް ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައިގެ ތަހުގީގަށް ކަމަށެވެ.