އައްޑޫ ސިޓީގައި ދެ ގެ އެއްގައި އަލިފާން ރޯކޮށް އަންދާލައިފި އެވެ.
އަންދާލާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ ދެ ގެއެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެބައުޅޭ ކަމަށާއި އެކަމުގެ މައުލޫމާތު ހޯދަމުންދާ ކަމަށެވެ. ފަހުން ތަފްސީލް ދެއްވާނެ ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ރޯކޮށްލާފައި ވަނީ، ސ. ހިތަދޫ ޑޭޝް އަދި ދޮންލަފަރު ގޭގަ އެވެ.
އައްޑޫ ލައިވްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދޮންލަފަރުގޭގައި ރޯކޮށްލުމުގެ ސަބަބުން އެގޭގެ ސިޓިން ރޫމާއި ބަދިގެ ވަނީ އެއްކޮށް އަދާފައެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
ދެން ރޯކޮށްލާފައި ވަނީ ހިތަދޫ ޑޭޝް ގޭގެ ބޭރުގައި ހުރި ހަޓެއްގައެވެ.