ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 10:03
ސައުދީގައި އަންހެނުން ހެދުންއަޅާނެ މިންގަޑާކީ  ގާނޫނަކުން ކަނޑައަޅާފައިވާ މިންތަކެއް
ސައުދީގައި އަންހެނުން ހެދުންއަޅާނެ މިންގަޑާކީ ގާނޫނަކުން ކަނޑައަޅާފައިވާ މިންތަކެއް
ގެޓީ އިމޭޖަސް
ސައުދީއަށް ގެންނަ ބަދަލުތައް
ސައުދީގެ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: ދީނީ އިލްމުވެރިޔެއް
ސައުދީގައި ހެދުން އެޅުމުގެ މިންގަޑަކީ ގާނޫނުން ލާޒިމްކުރާ ކަމެއް
އަންހެނުންނަށް އެއްގަމު އުޅަނދު ދޫކުރުން މި އަހަރު ފަށާނެ

ސައުދީ އަރަބިއްޔާގެ އަންހެނުން ކޮންމެހެން އަބާޔާ ހެދުން ލާން ނުޖެހޭކަމަށް އެ ގައުމުގެ އެންމެ އިސް ދީނީ އިލްމުވެރިޔާ ވިދާޅުވެއްޖެއެވެ.

އިސް ދީނީ އިލްމުވެރިންގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެމްބަރު ޝެއިޚް އަބްދުﷲ އަލް މުތުލަޤް ވިދާޅުވީ އަންހެނުން ހެދުން އަޅަންޖެހެނީ ކިބުރުވެރިކަން ފާޅުނުވާ މިންގަޑެއްގައި ކަމަށާއި ނަމަވެސް އޭގެ މާނައަކީ ކޮންމެހެން އަބާޔާ ލާންޖެހުން ނޫން ކަމަށެވެ.

ސައުދީގައި ހެދުން އެޅުމުގެ މިންގަޑަކީ ގާނޫނުން ލާޒިމްކުރާ ކަމެކެވެ.

މިކަމުގެ ތެރެއަށް ދީނީ އިލްމުވެރިން ވަދެފައިމިވަނީ ސައުދީ ޒަމާނީ ގައުމަކަށް ހެދުމުގެ މަސައްކަތާއިއެކު އަންހެނުންނަށް ހަނިކުރެވިފައިހުރި ހައްގުތައް ދޭންފަށާފައިވާ ދަނޑިވަޅެއްގައެވެ.

"ދުނިޔޭގެ 90 އިންސައްތައަށްވުރެ ގިނަ އަންހެނުން އުޅެނީ އަބާޔާ ލައިގެނެއް ނޫން.އެހެންވީމަ އަހަރުމެންވެސް  ނުޖެހޭ ކޮންމެހެން އަބާޔާލާކަށް." ޝެއިޚް މުތުލަޤް ހުކުރު ދުވަހު ވިދާޅުވިއެވެ.

ސައުދީގެ ދިނީ އިލްމުވެރިޔަކު މިފަދަ ބަޔާނެއް ދެއްވި މިއީ ފުރަތަމަ ފަހަރު ކަމަށްވާއިރު މިއީ މި ވިދާޅުވުމުގެ މައްޗަށް ގާނޫނުތަކެއް އުފައްދަފާނެ ކަމެކެވެ.

ސައުދީ އަރަބިއްޔާއިންވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އަންހެނުންނަށް ފުޓްބޯޅަ ބަލަން ދަނޑަށް ވަދެވޭނެކަމަށް ނިންމާފައެވެ.

މީގެ އިތުރުން މި އަހަރުގެ ޖޫން މަހުން ފެށިގެން އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަންވެސް ނިންމާފައެވެ.

I

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް
25 ފެބްރުއަރީ 2018 | އާދީއްތަ 20:09
ތުއްތުނާ
ޤިޔާމަތް ދުވަސް ކާރިވެއްޖެ........