ކ. މާލެ
|
11 ފެބްރުއަރީ 2018 | އާދީއްތަ 13:30
ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ދައްކައިދޭ މެޕެއް
ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ދައްކައިދޭ މެޕެއް
އަލްޖަޒީރާ
ތުރުކީގެ އަސްކަރީ އޮޕަރޭޝަން
ކުރުދީން ދިން ޙަމަލާއެއްގައި ތުރުކީގެ ހެލިކޮޕްޓަރެއް ވައްޓާލައިފި
ތުރުކީ ސިފައިން ސޫރިޔާއަށް އެރީ ނިމިދިޔަ ޖެނުއަރީ މަހު

ސޫރިޔާގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ތުރުކީވިލާތުގެ ސިފައިންގެ ހެލިކޮޕްޓަރަކަށް ކުރުދީ ހަނގުރާމަވެރިން ޙަމަލާދީ، އެ ހެލިކޮޕްޓަރު ވައްޓާލައިފިއެވެ. 

ސޫރިޔާގެ އުތުރުގައި އޮންނަ އަފްރީންގެ ކައިރީގައި އޮންނަ ރާޖޫ ކިޔާ ރަށެއްގެ މަތިން ހެލިކޮޕްޓަރު ވައްޓާލުމުން 2 ޕައިލެޓުން މަރުވެފައިވެއެވެ. 

މި ހާދިސާ ހިނގިކަން ތުރުކިވިލާތުގެ ރައީސް އާއި ބޮޑުވަޒީރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ސޫރިޔާގެ ހައްތާ ޕްރޮވިންސް ކައިރިން ތުރުކީވިލާތުގެ ހެލިކޮޕްޓަރެއް ވައްޓާލައިވާ ކަމަށާއި، މިފަދަ ކަންކަން ހަނގުރާމައެއްގައި ހިނގާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ބަދަލު ހިފާނެކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތް ކަމަށްވާ ވައި.ޕީ.ޖީ އިން ވަނީ އެމީހުން މިހަމަލާ ދިންކަން ކަށަވަރު ކޮށްދީފައެވެ. 

ނިމިދިޔަ ޖެނުއަރީ މަހު ތުރުކީ ސިފައިން އެއްގަމާއި ވައިގެ މަގުން ސޫރިޔާގެ އުތުރުގައިވާ އަފްރީން އަށް އެރީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވަމުންދާ ކުރުދީ ހަނގުރާމަވެރިން ބޯޑަރު ސަރަހައްދުން ފަހަތަށް ޖެއްސުމަށެވެ. އަދި މި ހަނގުރާމައިގައި މިހާތަނަށް ތުރުކީ ސިފައިންގެ 20 މީހުންނާއި ކުރުދީ ހަނގުރާމަވެރިންގެ 150 މީހުން މަރުވެފައިވެއެވެ. އަދި ތުރުކީގެ އާއްމުންގެ 7 މީހަކު ވެސް މަރުވެފައިވެއެވެ.

ތުރުކީވިލާތުގެ ސަރުކާރުން ދެކޭ ގޮތުގައި ކުރުދީ ހަނގުރާމަވެރިންނަކީ އެޤައުމުގައި މަނާކޮށްފައިވާ ކުރުދިސްދާން ވޯކަރސް ޕާޓީއާއި ގުޅުން އޮންނަ އަސްކަރީ ޖަމާޢަތެކެވެ. 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް