ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ޑރ. ޖަމީލް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ ޖަރުމަންވިލާތުގަ އެވެ. ގާސިމް އިބްރާހިމް ވެސް މިވަގުތު ހުންނެވ ޖަރުމަނުގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރައިސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ އެކު މަސައްކަތްޕުޅު ކުރެއްވިއިރު އިގްތިސާދީ ހަމަހަމަކަން ރައްޔިތުންނަށް ގެނެސްދިނުމުގެ ވައުދުވި ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ވުޖޫދަށް އައިސް މަންޒަރު ބަދަލުވެދިޔަތަން ފެނުނު ކަމަށެވެ. އަދި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތު ކުރުމެއް ނެތި އަދުލުގެ ނިޒާމް ތަންފީޒު ކުރެވިގެން ދިޔަ ތަނެއް ނުފެނު ކަމަށާއި ސަރުކާރުން މިހާރު ވަކި ކަންތައްތަކަށް އަމާޒު ހިފާފައިވާ މަންޒަރު ފެންނަ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލުގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަހުމަދު މަނިކު އާއި ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީން ސޮއިކުރެއްވި އެވެ.