އެންމެ ތޫނުފިލި އަދި އެންމެ މޮޅު ޑިޕްލޮމޭޓުންނަށްވެސް ރައީސް ޔާމީން ސްޓޭޓް އޮފް އިމަންޖެންސީ އިއުލާން ކުރެއްވުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ސާބިތު ކޮށް ނުދެވޭނެ ކަމަށް ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ތަޖުރިބާކާރެއް ކަމުގައިވާ އަބްދުލް ގަފޫރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއީސް ޔާމީންގެ ޚާއްސަ މަންދޫބުންގެ ގޮތުގައި "ރަހުމަތްތެރި" ގައުމުތަކަށް ފޮނުއްވި މަންދޫބުން މާޔޫސް ކަމާއެކު އެނބުރި ގައުމަށް ވަޑައިގެންނެވި ދަނޑިވަޅު ގައި ގަފޫރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ސްޓޭޓް އޮފް އިމެންޖެންސީ އިއުލާނު ކުރެއްވުން އެއީ ރަނގަޅަށް ކުރެއްވި ކަމެއްކަން އެންމެ މޮޅު އަދި އެންމެ ތޫނުފިލި ޑިޕްލޮމޭޓުންނަށްވެސް ސާބިތު ކޮށް ނުދެއްވޭނީ އެއީ ރަނގަޅަށް ކުރެއްވި ކަމަކަށް ނުވާތީ ކަމުގައެވެ.
Even the best and brightest of our diplomats will not be able to justify to the international community the President's declaration of a State of Emergency in the Maldives. Because it just is not justifiable. Truth matters in diplomacy.
— A Ghafoor Mohamed (@aghafoormohamed) February 10, 2018
ރައީސް ޔާމީން ސްޓޭޓް އޮފް އިމެޖެންސީ އިއުލާން ކުރެއްވުމާއި އަދި ސްޓޭޓް އޮފް އިމަޖެންސީގެ ދަށުން އަޅުއްވަމުން ގެންދަވާ ހަރުކަށި ފިޔަވަޅުތަކަށް ތާއީދު ހޯއްދެވުމަށް މަންދޫބުން ފޮނުއްވި ގައުމުތަކަކީ އިންޑިއާ، ޕާކިސްތާން، ޗައިނާ އަދި ސައުދީ އަރަބިއްޔާއެވެ.
އޭގެ ތެރެއިން އިންޑިއާއިން ވަނީ ސަރުކާރުގެ ޚާއްސަ މަންދޫބާއި ބައްދަލު ނުކުރާނެ ކަމަށާއި މިދަނޑިވަޅުގައި އިންޑިއާއަށް މަންދޫބަކު ވަޑައިގަތުމަށް އެ ގައުމުން ނޭދޭ ކަމަށް ބުނެފައެވެ.
ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ޚާރިޖީވަޒީރަށް އެގައުމުގެ ބޮޑުވަޒީރު ދެއްވި ޖަވާބަކީ ސްޓޭޓް އޮފް އިމަޖެންސީ އަށް ތާއީދު ނުކުރާ ކަމަށާއި، އަޅަމުންދާ ފިޔަވަޅު ތައް ބަލައި ނުގަންނަ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޕާކިސްތާނުގެ އެހީތެރި ކަމަށް އުއްމީދު ނުކުރުމަށެވެ.
ސައުދީ އަރަބިއްޔާ އަށް ފޮނުއްވި ފިޝަރީޒް މިނިސްޓަރަށް ދަތުރުފުޅުން ހާސިލްވި ނަތީޖާ ހާމަ އެއް ނުކުރެއްވި އެވެ. ވިދާޅުވިހާ ވެސް އެއްޗަކީ "ޔޫ ވިލް ސީ" އެވެ. އެ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ އިސް އޮފިޝަލަކާ ބައްދަލު ކުރެއްވުނު ކަމެއްވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ޚާރިޖީ ވަޒީރު އާސިމް ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވި ފޮޓޯ އެއް ޚާރިޖިއްޔާ އިން އާއްމު ކުރި ނަމަވެސް ޝައިނީގެ މި ދަތުރުފުޅާ ގުޅިގެން ހާމަވި ދެ ފޮޓޯގައި ފެންނަނީ ސައުދީ ގައި ހުންނަވާ ރާއްޖޭގެ ސަފީރާއި އޮފިޝަލެކެވެ.
Special Envoy of the President, Minister of Fisheries and Agriculture @mshainee departs #SaudiArabia. Seen off by Ambassador @ahameed687. @MDVForeign. pic.twitter.com/oW9TsYllyp
— Maldives Emb. KSA (@MDVSaudi) February 9, 2018
ޗައިނާ އަށް ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ފޮނުއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ. ސައީދު ވަނީ ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގެ ނަތީޖާ އެއް ރަސްމީ އިދާރ
ގަފޫރު ކުރެއްވި މި ޓްވީޓަށް ރައީސް ޔާމީންގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫނު ވަނީ "ލައިކް" ދެއްވާފައެވެ.