ރާއްޖެ އައިސް އުޅުނު އިނގިރޭސި ވިލާތާއި އިންޑިޔާގެ ނޫސްވެރިއަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކުރީ މިއަދެވެ. ނަމަވެސް އެމީހުން ހައްޔަރުކުރީ ކޮންއިރަކު ކަމެއް ފުލުހުން ނުބުނެއެވެ.
އެ ދެ މީހުން އިމިގްރޭޝަނާ ހަވާލުކުރީ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ގަވައިދާއި ހިލާފުވެފައި ވާތީ އެމީހުންނާ މެދު ފިޔަވަޅުއެޅުމަށް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް އެމީހުން ހައްޔަރުކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ކުރީ ކޮން ކުށެއް ކަމެއް ފުލުހުން ނުބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އޭފްޕީގެ ދެ ނޫސްވެރިންނެވެ. އޭގެ ތެރެއިން އެކަކީ އިންޑިއާގެ އޭއެފްޕީގެ ފޮޓޯގްރާފަރެއް ކަމަށްވާ މަނީ ޝަރްމާ ކަމަށް އެނގިފައި ވެއެވެ.
Shocking. Indian journalist from @AFP and a dear friend Money Sharma has been detained by Maldives Forces while reporting on State of Emergency. Sources say he may now be deported. @presidencymv better ensure his safety. Attack on freedom of expression and press is very tragic. pic.twitter.com/fXzbndsvEW
— Aditya Raj Kaul (@AdityaRajKaul) February 9, 2018
މި ދެ ނޫސްވެރިން ހައްޔަރުކޮށްފައިވާ އިރު މިއަދު ހަވީރު އެމްޑީޕީގެ ހަރުގެ ސަރަހައްދު ޗައިނާގެ ނޫސްވެރިންތަކެއް އެއްވެސް ހުރަހެއް ނެތި ހަރަކާތްތެރިވަމުން ދިޔަތައް ފެނިފައި ވެއެވެ. އަދި އެމީހުން ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
Chinese journalist ? Free to take photos during protests ? @kishkindha@TOIIndiaNews @AFP #Maldives #MaldivesCrisis pic.twitter.com/uyO4ZokCYx
— #MaldivesMedia (@MaldivesMedia) February 9, 2018