ކ. މާލެ
|
9 ފެބްރުއަރީ 2018 | ހުކުރު 19:58
ތާލިބާނުންގެ ހަނގުރާމަވެރިންތަކެއް
ތާލިބާނުންގެ ހަނގުރާމަވެރިންތަކެއް
ގޫގުލް
ޕާކިސްތާން-އެމެރިކާ
ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ތިން ރައްޔިތަކަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
ދަތިކުރުމުގެ ފިޔަވަޅު އެޅީ އަލްގައިދާ، ލަޝްކަރު އޭ ތައިބާ އަދި ތާލިބާނާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި

ހަނުގުރާމަވެރި ޖަމާއަތްތަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ތިން ރައްޔިތަކަށް އެމެރިކާ އިން ފިޔަވަޅުއަޅައިފިއެވެ.

ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ އަލް ގައިދާ، ލަޝްކަރު އޭ ތައިބާ އަދި ތާލިބާނާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ދަތިކުރުމުގެ ފިޔަވަޅުއެޅީ ރަހްމާން ޒެބް ފާގިރް މުހަންމަދާއި، ހިޒްބުﷲ އަސްތަމް ހާން އާއި ދިލަވާރް ހާން ނާދީރު ހާން ނަމަކަށް ކިޔާ ތިން މީހެއްގެ މައްޗަށެވެ. މި ތިން މީހުން ހަނގުރާމަވެރި ޖަމާއަތްތަކަށް މާލީ ގޮތުންނާއި އަދި އެހެނިހެން ވެސް ގޮތްގޮތުން އެހީތެރިވާ ކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. އަދި މި ތިން މީހުންގެ ނަން އެ އިދާރާގެ "ސްޕެޝަލީ ޑެޒިގްނޭޓެޑް ގްލޯބަލް ޓެރަރިސްޓްސް" ލިސްޓަށް ވަނީ އިތުރުކޮށްފައެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓްގެ ޓެރަރިޒަމް އަދި ފައިނޭންޝަލް އިންޓެލިޖެންސްގެ އަންޑަސެކްރެޓަރީ ސިގަލް މަންޑެލްކާ ވިދާޅުވީ ޓެެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާ އަދި އެހީވާ ފަރާތްތައް ހޯދައި އަބަދު ވެސް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ޕާކިސްތާނުގެ ރައްޔިތުންނާ އެއްވެސް ވިޔަފާރީގެ މުއާމަލާތެއް އެމެރިކާގެ ރައްޔިތަކަށް އަދި ކުންފުންޏަކަށް ވެސް ކުރުން މަނާވާނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް