ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަޝްވަރާ ކުރައްވައިފިއެވެ.
ޓްރަމްޕް އާއި މޯދީ މި މަޝްވަރާތައް ކުރެއްވީ ބުރާސްފަތި ދުވަހު ދެ ލީޑަރުން ފޯނުން ގުޅުއްވައިގެންނެވެ.
ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ރާއްޖޭގައި ޤާނޫނުގެ ވެރިކަން ހިންގުމާއި، ޑިމޮކްރެޓިކް އިންސްޓިޓިއުޝަންތަކަށް އިހްތިރާމްކުރުމުގެ މުހިއްމުކަމުގެ އަލިއަޅުއްވާލެއްވިއެވެ.
United States of America @POTUS @realDonaldTrump spoke last night local time to @PMOIndia @narendramodi. The two leaders expressed concern about the #MaldivesCrisis and the importance of respect for democratic institutions and rule of law in #Maldives. pic.twitter.com/QF32z4Z8fz
— Atul Keshap (@USAmbKeshap) February 9, 2018
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމާއިއެކު، އިންޑިއާ އަދި އެމެރިކާއިން ވަނީ ވާހަކަ ދައްކައިގެން ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމަށް ގޮވާލާފައެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަށް ދެޤައުމުންވެސް ގޮވާލާފައިވާއިރު، އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ ކައުންސިލުން ވަނީ ރާއްޖޭގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި، އެމެރިކާ އޮތީ ދިވެހިންނާއި އެކުގައިކަމަށް ބުނެފައެވެ.
America stands with the people of Maldives. The Maldivian government and military must respect the rule of law, freedom of expression, and democratic institutions. The world is watching.
— NSC (@WHNSC) February 5, 2018
ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަތުލް ކެޝަޕް ވަނީ ސިޔާސީ މަސްރަހު ހޫނުވީއްސުރެ ސަރުކާރަށް ޕްރެޝަރކުރައްވާފައެވެ. އެހެން ނަމަވެސް ސަރުކާރުން މިހާތަނަށް އިންޑިއާ އަދި އެމެެރިކާއިން ދެއްކި އެއްވެސް ވާހަކައެއް އަޑުއަހާފައެއް ނުވެއެވެ.
ޓްރަމްޕްއާއި މޯދީ އިއްޔެ ފޯނުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މަސްރަހުގެ އިތުރުން އަފްޣާނިސްތާން، ބަރުމާ އަދި އުތުރު ކޮރެއާގެ މައްސަލައިގައި މަޝްވަރާކުރެއްވިއެވެ. އެެމެރިކާއިން ދެކުނު އޭޝިއާ އަދި އިންޑިއާ ކަނޑުގައި ގެންގުޅޭ ސިޔާސަތު ވަރަށް ބޮޑަށް ބައްޓަންވެފައިވަނީ އިންޑިއާގެ ޚާރިޖީ ސިޔާސަތުގެ މައްޗަށެވެ.