ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަޙުމީ (އިންތި) އަށް މަރުގެ އިންޒާރުދިން މައްސަލަ ތަޙުޤީޤު ކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފިއެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވީ، ޓްވިޓަރ މެދުވެރިކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށާއި މެންބަރު އިންތިއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން ކަމަށެވެ.
އަމީތު ވިދާޅުވީ، އިންޒާރު ދީފައިވަނީ "ޔޫތްސް އިން އެލްކޭ" ގެ ނަމުގައި ހިންގާ ޓްވިޓަރ ހޭންޑްލް އަކުން ކަމަށެވެ. އަދި އެ ހޭންޑްލްއިން ކޮށްފައިވާ ޓްވީޓްތަކަށް ބަލާއިރު އެ ހޭންޑްލްއަކީ ޕީޕީއެމްގެ "ދަރުބާރު ފެކްޝަނަށް" ތާޢީދު ކުރާ މީހަކު ނުވަތަ ބަޔަކު ހިންގާ ހޭންޑްލްއެއް ކަމަށް ޤަބޫލުކުރެއްވޭ ކަމަށެވެ.
މި އެކައުންޓުން މަރުގެ އިންޒާރުދީފައިވާ އެހެން ފަރާތެއް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ޓްވިޓަރގައި އުޅޭ މީހުން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި، ޓްވީޓަރއިން އެއްބާރުލުން ނުދޭ ކަމަށާއި، އެފަދަ މަޢުލޫމާތު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ފުލުހުން ބުނެފައިވާކަން އޭނާ ވަނީ ހާމަކޮށްފައެވެ.
Update: @PoliceMv has taken a statement regarding this.
— Mohamed Shuraih (@MohamedShuraih) February 7, 2018
They informed me that it is difficult to track people on @Twitter and that twitter does not cooperate well and does not provide such information easily.
They’ve also told me that all relevant parties will be notified.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.