ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން ސިޔާދު ގާސިމް އާއި މެދު ފުލުހުން އަދުލުވެރިވެ އިހްސާންތެރިވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ބުދަ ދުވަހު ކުރައްވާފައިވާ ޓްވިޓެއްގައި ވިދާޅުވީ "މިދުވަސް ހިނގައިދާނެ ކަމަށާއި ލޯބިވާ ދަރިފުޅު އިބްރާހިމް ސިޔާދު ގާސިމް ފުލުހުންގެ ބެއްލެވުމުގެ ދަށުގައި ދޫނިދޫ ކުޑަ ގޮޅީގައި އޮތް ކަމުގައި ވިޔަސް ފުލުހުން އަޅުގަނޑުގެ ދަރިފުޅާ މެދު އަދުލު ވެރިކަމާ އިހްސާންތެރިކަމާއެކު ހުރިހާ ކަމެއްވެސް ކޮށްދެއްވާނެކަން ޔަގީން ކުރަން" ކަމަށެވެ.
Defence Minister Adam Shareef MNDFge isbeyfulhunnaa bahdhalu kuravvaa MP innah nisbaiykoh, “thimanna nama majlis membarunge dhaiydholhi dhuvvaaleemuhey!”
— Qasim Ibrahim (@qasimibrahim) February 7, 2018
Miee kihaa varehga qairu qaanoonee kamehkan e manikfaanah neygeneetho? Thahgeeg kobaatho? Shareeaiy nimuneetho? Hama OK tho?
ސިޔާދު ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު މިމަހުގެ 6 ވަނަ ދުވަހުގައެވެ.
ސިޔާދު ހައްޔަރުކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި، ސިޔާދުގެ ވަކީލުންނަށް ވެސް ތުހުމަތު ބުނެދޭން ނޭނގުނެވެ.
ގާސިމް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޑިފެންސް މިނިސްޓަރ ގާނޫނާ ޚިލާފު އަމަލުތައް ބަހައި އަމަލުތައް ފާޅުގައި ކުރައްވަމުން ނުގެންދަވާތޯ ސުވާލު ކުރައްވާފައެވެ. ދުނިޔެ އިން އެކަހެރިވެ ސަރުކާރުގެ ތެރޭގައި ކަރަޕްޝަނާއި ފަސާދަ އާންމުވެގެންދާހިނދު، ކަމާ ބެހޭ ފަރާތްތަކުން ބަލަހައްޓައިގެން ތިބުމަކީ ގާނޫނައް ތަބާވުންތޯ ވެސް ވިދާޅުވެފައެވެ.