ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މަރާލާނެ ކަމަށް ބުނެ، ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރު މުއާޒު ހަލީމު އިންޒާރު ދީފި އެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރ މުއާޒު ހަލީމު އޭނާގެ ފޯނުން މަހްލޫފްއަށް ގުޅާ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. މިޓްވީޓާއެކު މަހްލޫފް ވަނީ އެކަމުގެ މައުލޫމާތު ފުލުހުންނަށާއި ބައެއް މީޑިއާތަކަށް ހިއްސާކޮށްފަ އެވެ.
Tourism Ministry ge coordinator Muaz Haleem alhugandah phonun gulhaa maraalaane kamuge inzaaru dheefi @PoliceMv @Raajje_tv @vfp_mv @Mihaarunews @avasmv @vaavu .@PoliceMv inn mikan thahugeegu kohdhinumah govaalan pic.twitter.com/cV1Ljk4kGK
— Ahmed Mahloof (@AhmedMahloof) February 7, 2018
މިކަމާ ގުޅޭގޮތުން މުއާޒުގެ ބަހެއް ހޯދުމަށް ގުޅާލުމުން މުއާޒު ވިދާޅުވީ މަހްލޫފް ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކާއި ގުޅިގެން ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މަހްލޫފަށް ގުޅުއްވި ކަމަށެވެ. ނަމަވެސް މަހްލޫފް މަރާލާނެ ކަމުގެ އިންޒާރު ދީފައިނުވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.