ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އަލީ ހަމީދުގެ އަނބިކަނބަލުންގެ ދެ ކޮއްކޮ ކަމަށްވާ އަލީ މުހައްމަދާއި ހުސައިން ނަސީމް އަދި ނަސީމުގެ އަންހެނުން ފާތުމަތު ނިޔާޒާއެވެ.
އެ އާއިލާގެ
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް އެނގޭ ގޮތެއް ނުވި އެވެ. ނަަމަވެސް އަލީ ހަމީދުގެ އާއިލާއިން ބުނީ އަލީ ހަމީދުގެ ކޮއްކޮއަކާއި އޭނާގެ ފިރިކަލުން އަންގާރަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާއިރު، ބުދަ ދުވަހު ވެސް އަލީ ހަމީދުގެ ކޮއްކޮއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ އެ ބޭފުޅުން ދިރިއުޅުއްވާ ގެ ވެސް ބަލާ ފާސްކޮށްފައި ވެއެވެ. ބައެއް ތަކެތިވެސް ގެންގޮސްފައި ވެއެވެ.
ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފައިވާއިރު، އަލީ ހަމީދުއަށް ގެންދަވަނީ އައިޖީއެމްއެޗުގައި ފަރުވާ ދެއްވަމުން ނެވެ. އަދި އަލީ ހަމީދުގެ ހާލު ސީރިއަސް ކަމަށްވެސް ވެއެވެ.