"އަދި ނުނިމޭ" ކަމަށާއި ދެން ނަގާ ރާޅު ބޮޑުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު ބުދަ ދުވަހުގެ ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ އިމުގެ ތެރެއިން ރައީސް ޔާމީންއާ ދެކޮޅަށް ކުރެއްވި ކޮންމެ ކަމެއް ވެސް އެމނިކުފާނު ހުއްޓުވީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. މަޖިލިސް ތަޅު އެޅުވުމާއި ސުޕްރީމް ކޯޓު ދޮރު ވައްޓާލުން އެއީ ބައެއް މިސާލު ކަމަށް އޭނާ ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ އެކަންތައްތައް ހުއްޓުވުމަށް ޔާމީނަށް އެހީތެރި ވެދެއްވި ފަރާތްތަކުން އެކަމުގެ ހިތި ރަހަ ދެކޭނެ ކަމަށެވެ.
Alhugandumen QA ge imugetherein Yameen aa dhekolhah kuri komme kameh eynaa huttuvee QA aai khilaafah. Majlis thalhu elhuvun SC court dhoruvattaalun eyee baeh misaalu.Baiverin mikankamuge hithiraha dhekeyne.Yameen hiniaisaa nuinnavaaa, adhi nunime.Dhen nagaa raalhu maa boduvaane
— Ahmed Mahloof (@AhmedMahloof) February 7, 2018
ދެން ނަގާ ރާޅު ބޮޑުވާނެ ކަމަށް މަހުލޫފު ވިދާޅުވެފައިވާއިރު މިމަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކުގެ ތެރެއިން ސިޔާސީ ކުށްވެރިން ދޫކޮށްލުމަށާއި ޖުޑީޝަލް ސާވިސްއަށް ދީފައިވާ ބާރުތައް ބާތިލް ކުރަން ކޮށްފައިވާ އަމުރު އެ ކޯޓުން ވަނީ އަންގާރަ ދުވަހުގެ ރޭ ބާތިލް ކޮށްލާފައެވެ. ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރު ބާތިލްކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނިކޮށް ބާކީ ތިއްބެވި ތިން ފަނޑިޔާރުންނެވެ. ހޯމަ ދުވަހު އިރާކޮޅު ހިންގި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސުޕްރީމް ކޯޓުގެ ބާރުތައް ކަނޑާލާފައި ވަނިކޮށް އަލުން އެ ބާރުތައް ދީފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. ތިން ފަނޑިޔާރުންގެ ނިންމުން އައީ އެ ބާރުތައް ސުޕްރީމް ކޯޓަށް އަލުން އަނބުރާ ދިނުމުންނެވެ. އަދި ގައުމާ މުހާތަބު ކުރައްވައި ރައީސް ޔާމީން އަންގާރަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ތިން ފަނޑިޔާރުން ތިއްބެވީ ސަރުކާރުގެ "ބާރުގެ ދަށުގައި" ކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.