ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ބަލައިނުގަތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އަންގާރަ ދުވަހުގެ ހާވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ 160 ވަނަ ޖަލްސާއަށް ކުއްލި ނުރައްކަލުގެ ހާލަތު ބަލައިނުގަތުމަށް ގަރާރު ހުށައަޅާފައި ވާނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއެވެ. ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރި 51 މެމްބަރުންގެ ވޯޓުން ވަނީ އެ ގާރާރު ފާސްކޮށްފައެވެ.
މި ގާރާރުގައި މައިގަނޑު ތިން ކަމެއް ވާނީ ފާހަގަކޮށްފައެވެ. އެ ގާރާރުގައި ބުނެފައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ނެރޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާއިރު، 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ނުބާއްވައި މިއަދު މަޖިލީސް ވަނީ ސިފައިން މެދުވެރިކޮށް ތަޅުލާފައި ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާ ގާރާރުގެ ސައްހަކަމާ މެދު އުފެދޭ މައްސަލައިގައި ގޮތެއް ނިންމާނީ ސްޕްރީމް ކޯޓުން ކަމަށް ގާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާއިރު، އެކޯޓުން އެންމެ ފަހު ބަސް ބުނުމަށް ލިބިދީފައިވާ ބާރު ވެސް ސަސްޕެންޑްކޮށްފައި ވާކަން އެ ގާރާރުގައި ވަނީ ބަޔާންކޮށްފައެވެ.
ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އެކުވެރި ގައުމުތަކުގެ ސަރުކާރުތަކުން ރާއްޖެއަށް ހާއްސަ މަންދޫބުން ފޮނުވައި، ރާއްޖޭގެ ރައްޔިތުންގެ ރައްޔިތުންނަން މި ހާލަތުގައި އެހީތެރިވެދެއްވުމާއި، ސަރުކާރުގެ އިސްވެރިން ބައިނަލްއަގުވާމީ މާލީ އިދާރަތައް މެދުވެރިކޮށް ހިންގާ މާލީ މުއާމަލާތްތައް ހުއްޓުވައި އެ ފާރަތަކަށް ދަތިކުރުމުމަށް ގޮވާލުމަށް ވެސް އެ ގާރާރުން ވަނީ ފާސްކޮށްފައެވެ.