ކ. މާލެ
|
6 ފެބްރުއަރީ 2018 | އަންގާރަ 19:03
ވިލިމާލެ ސެލްފް ސާރވިސް އޭޓީއެމް ހުޅުވުމުގެ ތެރެއިން
ވިލިމާލެ ސެލްފް ސާރވިސް އޭޓީއެމް ހުޅުވުމުގެ ތެރެއިން
ބީއެމްއެލް
ބީއެމްއެލް އޭޓީއެމް
ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް ޤާއިމްކޮށް ވިލިމާލެ ބްރާންޗަށް ޒަމާނީ ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްފި
"އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން ޤާއިމްކުރެވުނު އޭޓީއެމްއެމް

ބޭންކް އޮފް މޯލްޑިވްސް އިން ވިލިމާލޭގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރުކޮށް އައު ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް އަންގާރަ ދުވަހު ގާއިމްކޮށްފިއެވެ.

މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ވިލިމާލޭގައި ޤާއިމްކޮށްފައިވާ ބޭންކުގެ ބްރާންޗަށް ވެސް ވަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ.

ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން ޤާއިމްކުރެވުނު މި ސެންޓަރ ހުޅުވާފައިވަނީ ވިލިމާލޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.  

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ޤާއިމް ކުރެވުނު އައު ސެލްފް ސަރވިސް ބޭންކިން ސެންޓަރ އާއެކު ވިލިމާލޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތް ތާނގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނަށް ޚިދުމަތް ލިބިގެންދާނީ އެންމެ ޒަމާނީ ބްރާންޗަކާއި 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 93 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް