ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ހައްޔަރުކޮށްފައިވާ ފަނޑިޔާރުން ސަލާމަތްކުރުމަށް އިންޑިޔާ އިން މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އަސްކަރިއްޔާއާ އެކު އިންޑިއާގެ މަންދޫބެއް ރާއްޖެ އައުމަށް ގޮވާލައްވާފައެވެ. އަދި އެމެރިކާ ބޭންކުތަކުން ރާއްޖެއާ ދެމެދު ހިންގާ ހުރިހާ މާލީ މުއާމަލާތްތަކެއް ހުއްޓާލުމަށް ވެސް ގޮވާލައްވާފައި ވެއެވެ. ރައީސް ނަޝީދު މިކަންކަމަށް ގޮވާލައްވާފައި ވަނީ ދިވެހި ރައްޔިތުންގެ ނަމުގައެވެ.
On behalf of Maldivian people we humbly request:
— Mohamed Nasheed (@MohamedNasheed) February 6, 2018
1. India to send envoy, backed by its military, to release judges & pol. detainees inc. Prez. Gayoom. We request a physical presence.
2. The US to stop all financial transactions of Maldives regime leaders going through US banks.
ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެފައި ވަނީ ސަރުކާރުން ހޯމަ ދުވަހުގެ ރޭ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.