ހުރިހާ ބޭފުޅުން ވެސް ސާބިތުކަމާ އެކު ތިބުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ހައްޔަރު ކުރުމުގެ ކުރިން ދެއްވި ވީޑިޔޯ މެސެޖުގައި ރައީސް މައުމޫން ވަނީ އެމަނިކުފާނު ހައްޔަރު ކުރުމަށް ފުލުހުން އައިސް ތިބިކަމަށް ވިދާޅުވެފަ އެވެ. ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ހުރީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށެވެ.
ފުލުުހުން ރައީސް މައުމޫން ހައްޔަރުކޮށްފައިވާ އިރު ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް އެ މެންބަރުންނާ ގުޅިގެން ވެރިކަން ވައްޓާލަން އުޅުއްވާ ކަމަށް ބުނެ އެވެ. ރައީސް މައުމޫންގެ ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ސަރުކާރުން ހޯމަ ދުވަހުގެ ރޭ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ 15 ދުވަހަށެވެ. މި ހާލަތު އިއުލާނު ކުރީ ގާނޫނުއަސާސީގެ ބޭނުން ކެނޑިގެންދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ބުނެ އެވެ.
#Video: Statement by former President Maumoon Abdul Gayoom, moments before his arrest earlier tonight @Raajje_tv pic.twitter.com/us4s58mrCa
— Raajjemv English (@RaajjeEnglish) February 5, 2018