ސުޕްރީމް ކޯޓުގެ ދޮރުތައް ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނު ސުއޫދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ހުސްނު ސުއޫދު ވިދާޅުވީ، ގައުމުގެ ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓުގެ ބޭރު ހުރިހާ ދޮރެއް ބަންދުކޮށްފައިވާ ކަމަށެވެ. ފަނޑިޔާރުން ތިއްބެވީ ވެސް ކާނެ އެއްޗެއް ނެތި ކަމަށް ސުއޫދު ވިދާޅުވި އެވެ.
Maldives CJ informed me that the security forces have blockaded and locked the Supreme Court building from outside and hence the justices are without any food now.
— Husnu Al Suood (@hsuood) February 5, 2018
ހުސްނު ސުއޫދު މިހެން ވިދާޅުވެފައިވާ އިރު ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ 15 ދުވަހަށެވެ. މި ހާލަތު އިއުލާނު ކުރީ ގާނޫނުއަސާސީގެ ބޭނުން ކެނޑިގެންދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ބުނެ އެވެ.