ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް މެސެޖްކޮށް ނުހެއްދުވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައި ގަންނަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފޯނު މެދުވެރިކޮށް ރައްޔިތުންނާއި ސަޕޯޓަރުންނާ ދެމެދު އަބަދު ވެސް ދަނީ ނުހަނު ގާތްގުޅުމެއް ބާއްވަމުން ކަމަށެވެ. ނަމަވެސް މިވަގުތަކީ ނުހަނު މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ވަގުތެއް ކަމުން، މިދުވަސްވަރު ރައީސް ޔާމީނަށް މެސެޖްކޮށް ނުހެދުމަށް ސަޕޯޓަރުންނާއި ރައްޔިތުންގެ ކިބައިން އިހުތިރާމާ އެެކު އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން، ސަޕޯޓަރުންނާއި ރައްޔިތުން އަބަދު ވެސް އެމަނިކުފާނާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
"Raeesuljumhooriyyaa ge phone kolhu medhuverikoh rayyithunnaai supportarunnaa medhu abadhuves dhany nuhanu gaaiy gulhumeh baavamun. Namaves mivaguthaky Raees ge nuhanu muhimmu masakkaiypulhuthakeh kuravvamun gendhavaa vagutheh kamun..
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) February 5, 2018
1/2
mi dhuvasvaru Raees ah message koh nuheddhevumah supportarunnaai lobuvethi rayyithunge kibain ihthiraamaa eku edhivadaigannavaa. Adhi supportarunnaai lobuvethi rayyithun abadhuves emanikufaanaa medhu bahattavaa gaaiy kamah takai hurihaa faraaithakah shukuru adhaakuravvaa" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) February 5, 2018
2/2
ރައީސް އޮފީހުގެ ތަރުޖަމާނު އެގޮތަށް ވިދާޅުވެ ޓްވީޓް ކުރެއްވިއިރު، އޭގެ ކުޑަ ވަގުތު ކޮޅެއްކުރިން ރައީސް ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. މި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައި ވަނީ 15 ދުވަހުގެ މުއްދަތަށެވެ.
މީގެ ކުރިން ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ދިގު މެސެޖްތައް ނުކުރުމަށް ވެސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީސް ވަނީ މަސައްކަތް ނުކުރެވި ހުއްޓުމަކަށް އައިސްފައެވެ. މަޖިލީހުގައި ގިނަ އަދަދެއް ސިފައިން ހަރަކާތްތެރި ވަމުންދާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ރައީސްކަމުގައި ގަދަކަމުން ހުންނެވި އަބްދުﷲ މަސީހު މުހައްމަދުގެ ނުފޫޒާއި ބާރާ އެކު ސިފައިން ވަނީ މަޖިލިސް "ހިސޯރު" ކޮށްފަ ކަމަށެވެ.
ގާނޫނުހަދާ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީސް ހުއްޓުމަކަށް އައިސްފައިވާއިރު، އަދުލްއިންސާފުގެ ބާރުގެ އެންމެ އިސް ފަރާތްތައް ކަމަށްވާ ސުޕްރީމް ކޯޓުގެ ބާރަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވައި ހުއްޓުމަކަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމުގެ ކަންތައްތަކެއް ވަނީ ފެންމަތި ވެފައެވެ. ސަރުކާރުން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް، ސުޕްރީމް ކޯޓަށް ގޮންޖައްސަވަމުންދާކަން ފާހަގަ ކުރެވެއެވެ.