ސަރުކާރަށް ތާއީދު ކުރުމަށް މިއަދު ހަވީރު ބޭއްވި އެއްވުމުގައި ރާއްޖެޓީވީ އަންދާލުމަށް ގޮވާލައިފިއެވެ.
ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު އިސްކޮށް ހުންނަވައިގެން އެމްއެޗްއޭ ކަންމަތީގައި ބޭއްވި އެއްވުމުގައި ވަނީ ރާއްޖެޓީވީ އަންދާލައި ބަންދުކުރުމަށް ގޮވާލާފައެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އިއްވި ހުކުމަށް ފާޑުކިޔައި އެ ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި މުޒާރަހާ ކުރި މީހުން ވަނީ ރާއްޖެޓީވީގެ ނޫސްވެރިންނާ ދިމާއަށް ގާވެސް އުކާފައެވެ.
މީގެ ކުރިން ވެސް ބަޔަކު ވަނީ ރާއްޖެޓިވީގައި ހުޅުޖައި ރޯކޮށްލާފައެވެ.
މީގެ އިތުރުން މިއަދު ހަވީރު ސަރުކާރަށް ތާއީދުކޮށް މުޒާހަރާ ކުރަމުންދިޔަ ބަޔަކު ރާއްޖެޓީވީ ކައިރިއަށް އައިސް އިންޒާރު ވަނީ އިންޒާރު ދީފައެވެ. އަދި ތަން ބަންދުކުރަން ނޫނީ ދޮރު ވައްޓާލާނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖެޓީވީ އަންދާލުމަށް ގޮވާލާފައި ވާއިރު ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް "މުހައްމަދު ނަޝީދު ބޭނުންހާ ވާހަކައެއް ރާއްޖެޓީވީގަ ދެއްކިގެން ނުވާނެ" ކަމަށާއި މިހާރުން މިހާރަށް ރާއްޖެޓީވީ ބަންދުކުރުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ގޮވާލާ ކަމަށެވެ. އަދި ހަމައާ އުސޫލްތަކުން މިކަން ކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލާ ކަމަށެވެ.
ޕީޕީއެމްގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރަކު ވެސް ވަނީ ރާއްޖެޓީވީ އަށް ގުޅައި އިންޒާރު ދެއްވާފައެވެ. އަދި ރާއްޖެ ޓީވީ އަށް ހަމަލާދޭނެ ކަމުގެ އިންޒާރު ލިބުމާ ގުޅިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ގެންދަނީ ދިޔައީ ރެއާ ޖެހެންދެން ސެކިއުރިޓީ ދެމުންނެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ސެކިއުރިޓީ ހުއްޓާލާފައެވެ. ނަމަވެސް ސަބަބެއް ނުބުނެއެވެ.