ހެލްތު މިނިސްޓްރީން ދާއިމީ 162 ޑޮކްޓަރުން ހޯދުމަށް ހޯމަ ދުވަހު އިއުލާންކޮށްފިއެވެ.
ސްޕެޝަލިސްޓް ޑޮކްޓަރސްގެ ތެރެއިން ހޯދުމަށް އެމިނިސްޓްރީން ކޮށްފައިވާ އިއުލާންކޮށްފައި ވަނީ މެޑިސިން، އެނެސްތީސިއޮލޮޖީ، އޯތޯޕީޑިކްސް، އެނެސްތީސިއޮލޮޖީ، ސަރޖަރީ، ޕީޑިއެޓްރިކްސް، ޑާމެޓޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، ސައިކޭޓްރީ، އީ.އެން.ޓީ، ރޭޑިއޮލޮޖީ، ނެފްރޮލޮޖީ، އަދި އޮފްތަލްމޮލޮޖިސްޓް ހޯދުމަށެވެ.
މަގާމުގެ މުސާރައިގެ ގޮތުގައި 30،990ރ. ކަނޑައަޅާފައިވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި 10،200ރ. ވަނީ ކަނޑައަޅާފައެވެ. އޭގެ އިތުރުން އިތުރު އިނާޔަތްތަކެއް ލިބިގެންދާނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަކަމަށް ކަނޑައަޅާފައިވަނީ 35 ޕަސެންޓް މާކްސްއެވެ.
މަގާމުގެ ޝަރުތުތައް ހަމަވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކުން މަގާމަށް އެދި ހުށަހަޅަން ޖެހޭ ތަކެތި މިމަހުގެ 15 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހަޅަން ޖެހެއެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.