އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓު ކައިރިއަށް އެއްވުމުން ޕެޕަރ ސްޕްރޭ ޖަހުމަށް ފަހު ރޫޅާލައިފިއެވެ.
ދައުލަތުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ސަރުކާރުގެ ފަރާތުން ބަޔާން ދެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ވަނީ އަޑުއުފުލައި ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލާފައެވެ. އެއްވުން ރޫޅާލަން އުޅުމުގެ ތެރޭގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް އަނިޔާ ވެފައިވާ ކަމަށް އެތަނުގައި ހަރަކާތްތެރިވާ ރާއްޖެއެމްވީގެ ރިޕޯޓަރ ވަނީ ބުނެފައެވެ.
އާދީއްތަ ދުވަހުގެ ހަވީރު ވެސް ސުޕްރީމް ކޯޓު ކައިރިއަށް ވަނީ އެއްވެފައެވެ. އާދީއްތަ ދުވަހު ހަވީރު ސުޕްރީމް ކޯޓު ކައިރިއަށް އެއްވެފައި ވަނީ ރައީސް ޔާމީނަށް ސަޕޯޓުކުރާ ސަޕޯޓަރުންތަކެވެ. އެހެން ނަމަވެސް ފުލުހުން އެއްވެސް ވަރަކަށް ބާރުގެ ބޭނުން ކޮށްފައެއް ނުވެއެވެ.
ރައީސް އަބްދުﷲ ޔާމީން އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ތިން ސިޓީއާ ގުޅިގެން ދައުލަތުގެ މީޑިއާ ޓީވީއެމް މެދުވެރިކުރައްވާ އާޒިމާ ދެއްވި ބަޔާނުގައި ވަނީ އެ ތިން ސިޓީ ހިއްސާކުރައްވާފައެވެ. ފުރަތަމަ ސިޓީގައި ވަނީ ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ޖުޑީޝަލް ސާވިސް ކަމިޝަނަށް (ޖޭއެސްސީއަށް) ފަނޑިޔާރުންގެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފައި އޮތް ބައި އިސްލާހު ކުރުމަށެވެ. ދެވަނަ ސިޓީގައި އެދިވަޑައިގެންފައި ވަނީ ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ސިޔާސީ ކުށްވެރިން ވަގުތުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރު ބާތިލު ކުރުމަށް ސުޕްރީމްކޯޓަށް ފޮނުވާފައިވާ ސިޓީއެވެ.
ތިންވަނަ ސިޓީގައި އެދިވަޑައިގެންފައި ވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކުރަން ނެރުނު އަމުރު ބާތިލު ކުރަން ނެރުނު އަމުރު ބާތިލު ކުރުމަށެވެ.