ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނަވަންޖެހޭނީ ޖަލުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމުން، ރައީސް ނަޝީދުއަށް އިހުތިރާމު ކުރުމަށް ޖުމްހޫރީ ޕާޓީން އުމަރު ނަސީރަށް ދަންނަވައިފި އެވެ.
އެގޮތަށް އުމަރު ނަސީރަށް ޖުމްހޫރީ ޕާޓީން ދަންނަވާފައިވަނީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް މިނިވަން ކުރަން ބުނެފައިވާ ހުރިހާ އެންމެން މިނިވަން ކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިނިވަން ކުރުމަށް ފަހު އޭގެ ތެރޭގައި ހިމެނޭ ކުރީގެ ރައީސް ނަޝީދުއާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަލުން ހައްޔަރު ކުރަންޖެހޭ ކަމަށެވެ. އެ ދެ ބޭފުޅުންނަކީ ކޮރޮޕްޝަނާއި މަގާމުގެ ނުފޫޒު ނަހަމު ގޮތުގައި ބޭނުން ކުރުމާއި ފަނޑިޔާރަކު ރަހީނު ކުރުމާއި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުން ފަދަ ކުށްތަކެއް ހާމަކަން ބޮޑު ގޮތެއްގައި ކުރެއްވި ފަރާތްތައް ކަމަށް އުމަރު ވިދާޅުވިއެވެ.
Govt must execute SC order and release all. However, govt must re-arrest Pres. Nasheed & VP Adheeb for the crimes they committed while in office including corruption, abuse of authority, abduction of a judge, padlocking of SC, etc. These crimes were committed in broad day light.
— Umar Naseer (@UmarNaseerMV) February 4, 2018
އުމަރުގެ މި ޓްވީޓް ކަމުދާ ކަމަށް ބުނެފައިވަނީ އެންމެ 145 ފަރާތެކެވެ. ރިޓްވީޓް ކުރައްވާފައި ވަނީ އެންމެ 62 ފަރާތެކެވެ. އެކަމަކު އުމަރުގެ މިޓްވީޓަށް 248 ފަރާތަކުން ރިޕްލައި ކޮށްފައި ވެއެވެ. ގިނަ ފަރާތްތަކުން އުމަރަށް ރައްދު ދީފައިވަނީ ނަފްރަތާއެކުގައެވެ.
ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓެއް ނެރުމުގެ ވާހަކަތައް ހަމަ ފެށުމާއެކުހެން އުމަރު ނަސީރު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފަ އެވެ.
އުމަރުގެ މިޓްވީޓާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ ސުޕްރީމް ކޯޓުން ރައީސް ނަޝީދު މިނިވަން ކުރުމަށް ނިންމި ނިންމުމަކީ ޖުމްހޫރީ ޕާޓީން އެކަމަށް މަރުހަބާ ކިޔާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި ހިމެނޭ ލީޑަރުންނަށާއި އެންމެހާ މެމްބަރުންނަށް ޖުމްހޫރީ ޕާޓީގެ މެމްބަރުން އިހުތިރާމު ކުރުމަށް ދަންނަވާ ކަމަށެވެ.
SC in Raees Nasheed minivan kurumah nimmi nimmumakee JP in ekamah maruhabaa kiyaakameh. Gulhifaivaa siyaasee Party thakuge gulhumugai himeney leadarunnashaai emmehaa membarunnah JP ge emmehaa membarun ihuthiraam kurumah dhannavan. https://t.co/KeCyDpGj4o
— Abdulla Riyaz MP (@riyazabdulla) February 4, 2018
އަބްދުﷲ ރިޔާޒުގެ އިތުރުން ވެސް ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ ހަރަކާތްތަކުގައި އުޅޭ އިސް ފަރާތްތަކުން ވަނީ އުމަރު ނަސީރަށް ހޫނު ރައްދު ތަކެއް ދެއްވާފަ އެވެ.
ކޮރަޕްޝަނުގެ ވާހަކަތައް އުމަރު ނަސީރު ދައްކަވާއިރު، ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި ބޭއްވި އެކިއެކި ހަރަކާތްތަކުގެ ތެރެއިން ބޮޑެތި ކޮރަޕްޝަން އަމަލުތަކެއް ހިންގާފައިވެއެވެ. އޭރު އުމަރު ނަސީރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ހޯމް މިނިސްޓަރެވެ. މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ގިނަ ހަރަކާތްތަކެއް ހިންގަމުންދިޔައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.
މީގެއިތުރުން ބަޔަކު މީހުންވެގެން ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ "ވަގަށް" ނެގި މައްސަލާގައި ފުލުހުންގެ އިދާރާއިން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ހިންގާފައިނުވާއިރު، ފުލުހުންގެ އިދާރާ ހިންގަމުން އަންނަ ހޯމް މިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވީވެސް އުމަރު ނަސީރު އެވެ.
ދިވެހި ތާރީހުގައި ވެސް އެންމެ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކާއި ހިޔާނާތް ހިންގިއިރު، ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވީވެސް އުމަރު ނަސީރު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރު ކުރުމުން، މަޖިލިސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުުމުގައި މިހާތަނަށް އެންމެ ފާޅުކަން ބޮޑުގޮތެއްގައި ތަފާތު ދެގޮތަކަށް އުމަރު ނަސީރު ވަނީ ވާހަކަ ދައްކަވާފަ އެވެ.
I respect your freedom of speach as a member of Jumhooree Partly. However,I and the light-minded other members of JP will never let you to destroy the oposition coalision which is the most important to us to ensure tyrants will not ceise power. https://t.co/jCpoRoypmC
— Hussain R. Hassan (@DrHussainHassan) February 4, 2018