ރައީސް ޔާމީނުގެ ވެރިކަން ބަލިކުރެއްވުމަށް ރަންނަމާރީގެ މިސާލު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖައްސަވައިފިއެވެ.
" ރަންނަމާރި ސިފަ ބަދަލު ކުރަމުން ގޮސް ބޮޑުވަމުން ބޮޑުވަމުން ގޮސް އޯއް ގޮވާ ހިސާބަށް ގޮސްފައި ކުޑަވާށޭ އެދުރު ކަލޭގެ ފާނު ވިދާޅުވީމާ، ރަންނަމާރި ކުޑަވަން ފެށީ. ކުޑަވަމުން ކުޑަވަމުން ގޮސް، ދިވެހި ރުކަކާ ހަމައަށް އެރީމާ މިވަރު ރަގަޅު ނޫންހޭ އެހީމާ ބުނީ، ނޫނެކޭ، ކުޑަކޮށް ތިރިވެލާށޭ، ކަލޯ އަކަށް ނެތޭ މިކަން ވާކަށެއް. ރަންނަމާރި ކަލޯ ކުޑަވާށޭ. އެހެން ކިޔާ ކޯލާ ފުޅިއަކަށްލާ، ބްރިޖު ދޭތެރެއަށް ފައްތާލީ." ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިމޭރުމުން ވާހަކަދައްކާފައިވަނީ، ރައީސް ޔާމީންގެ ސަރުކާރާ ބަލިވެގެންދާ ގޮތަށް ނިސްބަތްކޮށެވެ.
ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅޭ ގޮތުން މިކަން ހުއްޓާލާނީ ސަރުކާރުން އަމުރު ތަންފީޒު ކުރުމުން ކަމަށާއި މަރިޔަމް މަލެއް ގެނެސް، މަރިޔަމް ސޫރަތް ކިޔަވައިގެންވެސް މި އަމުރު ވިއްސާނެ ކަމަށެވެ.
ގާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ވާހަކަ ބަޔާންކޮށްފައިވަނީ ވަރަށް ސާފުކޮށް ކަމަށާއި އެކަން ކުރަން ޖެހުނީވެސް، ރާއްޖޭގެ ވެރިންނަށް އެކަން ވީހާވެސް ތިލަކޮށް ދިނުމަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށާއި މިއީ ހުރިހާ ރައްޔިތުން ވެސް ވިސްނަން ޖެހޭނެ ކަމެއް ކަަމަށް ވިދާޅުވިއެވެ.