ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހުގެރޭ ނެރުނު އަމުރާއި ގުޅިގެން ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާއި، އެކުވެރި ޤައުމުތަކުން ނެރެފައިޥާ ބަޔާންތައް ފެނިއްޖެ ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ. ދިވެހި ޚާރިޖިއްޔާއިން ހޮނިހިރު ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަމާއިބެހޭ ހުރިހާ ފަރާތްތަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް އަރުވާ ކަަމަށެވެ.
ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން އުއްތަމަ ފަނޑިޔާރުގެ އަރިހުން ސާފުކުރަން ޖެހޭ ކަންކަން ދިވެހި ސަރުކާރުން ސާފުކޮށްފައިވާ ކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާނީ، ކަނޑައެޅިފައިވާ ޤާނޫނީ ހަމަތަކުގެ ތެރެއިން ކަމަށެވެ.
ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ޚޯޓުގެ އަމުރުގައި ޤާނޫނީ އަދި ތަންފީޒީ ގިނަ މައްސަލަތަކެއް ހިމެނޭ ކަމަށާއި، އެކަންކަން ސާފުކޮށް، ކަމާއިބެހޭ ޤައުމީ ހުރިހާ އިދާރާތަކުން ގުޅިގެން މި އަމުރު ތަންފީޒު ކުރާނެ ކަމަށެވެ.
މި މައްސަލަ ވަރަށް އަވަހަށް ހައްލުވާނެކަމަށްބުނެ މި ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި މަސައްކަތްކުރާ، އަދި ރާއްޖެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް އެއްވެސް ވަރެއްގެ ނުރައްކަލެއް ނެތް ކަމަށާއި، ފަތުރުވެރިކަމާއި ގުޅުންހުރި ހުރިހާ ވިޔަފާރިއެއްވެސް އާދައިގެމަތިން ހިނގަމުންދާ ކަމަށެވެ