ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އަޑު އެހުމެއް އާދިއްތަ ދުވަހަށް ތަވާލުކޮށްފިއެވެ.
އާދިއްތަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އަޑުއެހުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އުފުލި ދައުވާގެ އަޑުއެހުމެވެ. މި އަޑުއެހުން އޮންނާނީ އާދިއްތަ ދުވަހުގެ 10.00 ގަ އެވެ. މި މައްސަލާގައި އިބްތިދާއީ އަޑުއެހުންތައް ނިމިފައިވާއިރު ދެން އޮންނާނީ ޝަރީއަތުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހެޅި ކަންތައްތަކާމެދު ގޮތެއް ކަނޑައެޅުމެވެ.
ގާނޫނީ ވެރިކަމެއް ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހަށް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށްބުނެ ފާރިސްގެ މައްޗަށް ތުހްމަތުކޮށް ވެސް އޭނާ ހުރި ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް އޭނާ ދޫކޮށްލުމަށް އޭގެ ފަހުން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާއިރު އަދިވެސް ދޫކޮށްލާފައިނުވެ އެވެ.
އެހެން ކަމުން ފާރިސް މިހާރު ގާނޫނާ ހިލާފު ބަންދެއްގައި ކަމަށާއި އޭނާ ދޫކޮށްލަން ޖެހޭ ކަމަށް ގާނޫނީ ވަކީލުން ވަން ވިދާޅުވެފަ އެވެ.