އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ކޮމާންޑަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަޝީދާއި ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެއަށް ވަޑާއިިގެންފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އެގެއަށް ވަޑައިގަތީ ކޮން ސަބަބަކާ ހުރެ ކަަމެއް ހާމައެއް ނުވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި (އެސްޕީޖީ)ގެ ކޮމާންޑަރުގެ މަގާމަށް އަހުމަދު ނަޝީދު އައްޔަނުކޮށްފައިވާ މީގެ ތިން ދުވަސް ކުރިންނެވެ.
އެސްޕީޖީގެ ކޮމާންޑަރުގެ މަގާމުގައި ކުރިން ހުންނެވީ އިދުރީސް ބަދީއުއެވެ.
ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ސިފައިންގެ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.