ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްއެއްގައި 74 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ފުވައްމުލަކުގައި ކާރަކާއި ބައިސްކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަން އެނގިފައިވަނީ 11:25 ހާއިރު ކަމަށެވެ. އެކްސިޑެންޓްގައި މަރުވި 74 އަހަރުގެ ފިރިހެންމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މަރުވި މީހާ އަކީ ބައިސްކަލު ދުއްވި މީހާ ކަަމަށެވެ.