ކޯޓްގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސްއަޅާ މީހުންނާމެދު، ބައިނަލްއަގުވާމީ ހަމަތަކުން ފިޔަވަޅު އެޅުން ގާތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ހޮނިހިރު ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މުޅި ދުނިޔެ ގޮވާލަމުންދަނީ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ކަމަށެވެ.
SC ge hukum thanfeez kurumah huras alhuvva General Shiyam ashai enme beyfulhunah engivadaigannavaanvi haqeegathakee, mulhi dhuniye govanee hukum thanfeez kurumah. Ekan nukohfinama, ekamah huras alhuvva enme beyfulhunge mahchah bainal aqvaamee hama thakun fiyavalhu elhun gaaiy
— Mohamed Nasheed (@MohamedNasheed) February 3, 2018
އަދި އެ ހުކުމް ތަންފީޒު ނުކޮށްފިނަމަ ނުވަތަ އެކަމަށް ހުރަސްއަޅުއްވާ، ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަހުމަދު ޝިޔާމް އަށާއި އެންމެ ބޭފުޅުންގެ މައްޗަށް ބައިނަލްއަގުވާމީ ހަމަތަކުން ފިޔަވަޅު އެޅުން ގާތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން ސިޔާސީ ފަރާތްތައް ޖަލުން މިނިވަން ކުރަންޖެހެ އެވެ. އެ އަމުރަށް ހުރަސް އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންނަމަވެސް ސަރުކާރުން ތަފާތު ބަހަނާތައް ދައްކަމުންގޮސް ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ކުރުން ލަސް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.