މާލެ ޖަލު ސަރަހައްދުގައި ގުޅިފައިވާ ޕާޓީތަކުން ކުރިޔަށް ގެންދާ އެއްވުމުގެ މަންޒަރުތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދިނުމަށް މަސައްކަތްކުރަމުންދިޔަ ރާއްޖެޓީވީގެ ނޫސްވެރިން އެ ސަރަހައްދުން ގަދަބާރުން ބޭރުކޮށްފިއެވެ.
މި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ރާއްޖެޓީގެ ނޫސްވެރިންނާއި ޓެކްނިކަލް ކްރޫ އެ ސަރަހައްދުން ބޭރުކޮށް ވިލާ ކޮލެޖް ހިމެނޭ ސަރަހައްދުގައި ޖަހާފައިވާ ބެރިކޭޑްއާ ހަމަޔަށް ފަހަތަށް ޖައްސާފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ރާއްޖެޓީވީގެ ރިޕޯޓަރު ހުސައިން ހަސަން ވަނީ މައުލޫމާތުދީފައެވެ. އެ ނޫސްވެރިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔައީ މީޑިއާގެ ފާސް ވެސް ހިފައިގެންނެވެ.