ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އިން ވަކި ޗެނަލްތަކަށް ފުރުސަތުދީގެން ފުލު ފުލުން ނޫސްވެރިންގެ ބައްދަލުވުމުންތައް ބާއްވަމުން އެބަ ގެންދަވައެވެ.
ބަންދުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ފަހުން މިރޭ ވެސް ވަނީ ދެ ފަހަރަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ޚަބަރުތައް ގެނެސްދޭ ޓީވީ ޗެނަލްތަކަށް ފުރުސަތު ދީފައެއް ނުވެއެވެ.
ހުކުރު ދުވަހުގެ ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ރާއްޖެޓީވީ އިން ދިއުމުން ވަނީ އެތަނަށް ނުވައްދާ ފޮނުވާލާފައެވެ. އަދި އެ ނިއުސް ކޮންފަރެންސް އަށް ފަހު ނުކުމެވަޑައިގެންނެވި ބައެއް ބޭފުޅުންގެ އިންޓަވިއު ހޯދުމަށް ރާއްޖެ ޓީވީ އިން މަސައްކަތްކުރުމުން އެ ތަނުގައި ތިބި ބަޔަކު ވަނީ ހޯއްގޮވައި ހަޅޭލަވާފައެވެ.
މިނިވަންކަމާ އެކު ޚަބަރު ފަތުރާ މީޑިއާތަކަށް ފުރުސަތު ނުދެނީ ޕީޕީއެމްގެ އިސް ބޭފުޅުންނާ ކޮށްފާނެ ސުވާލަކުން ކަމަށް ބެލެވެއެވެ.