ހުކުރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޓިކެޓަކީ އަސްލެއް ނޫން ކަމަށާއި އެއީ ބަަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމަށް ޕީޕީއެމުން ބުނެފިއެެވެ.
ޕީއެމުން ހުކުރު ދުވަހުގެ ރޭ ސިލްސިލާކޮށް ދެމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ތިންވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަދި އެޕާޓީގެ ނާއިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގަންނަވާ ވާހަކަފުޅެއް ސޯޝަލް މީޑިއާގައި ދައުރުވާ ކަމަށާއި ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ފޭކް ޓިކެޓެއް ކަމަށެވެ. އަދި ރައީސް ޔާމިނަކީ ކަނޑު ގަދަވީމާ އޮޑި ދޫކޮށްލާފައި ފައިބައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި ރައީސް ޔާމީނަކީ އަމާން އައްސޭރިއަކަށް ދަތުރު ކުރައްވާނެ މާލިމީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޤާނޫނު އަސާސީގެ ހުރިހާ މާއްދާއަކީ ވެސް ބާރުގަދަ މާއްދާތަކެއް ކަމަށެވެ. އަދި ވަކި މުއައްސަސާއަކަށް ލިބިފައިވާ ބާރެއް އެހެން މުއައްސަސާއަކަށް ނުނެގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރެސްގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން ރައީސް އަބުދުﷲ ޔާމީނަން ތައުރީފް ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެބޭފުޅުން ސިފަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުނުކޮށް ލަސްކުރަމުންދާ ދިއުމަކީ އެބޭފުޅުންނަށް ލިބެމުންދާ ކަމިޔާބީއެކެވެ.