ސުޕްރީމް ކޯޓުން ނެރުއްވި އަމުރުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ބަންޑާރަނައިބާއި ޕީޖީ އޮފީހުގެ ލަފާގެ މަތިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީގެ ކުރިން ވެސް ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ތަންޒީފު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
Press Statement: PMC/2018/02 pic.twitter.com/2I0yuSWrrU
— Maldives Police (@PoliceMv) February 2, 2018
ފުލުހުންގެ އިދާރާއިން މިހެން ބުނެފައިވާ އިރު، ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރާ ގުޅިގެން އެންމެ ފުރަތަމަ ފުލުހުން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށެވެ. އަމުރަށް އަމަލު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އޭރު ފުލުހުން ވިދާޅުވިއެވެ.
Mirey Dhivehi Raajjeyge Supreme Courtun nerunu amurah thabaavaane kamah Commissioner of Police & Deputy Commissioner of Police qaanoony lafa hoadhumah fahu ninmavaifi. Adhi amurah amalukurumuge masahkai fuluhun dhany kuramun.
— Maldives Police (@PoliceMv) February 1, 2018
އެހެން ނަމަވެސް އޭގެ ފަހުން ސަރުކާރުން ވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފު އެމަގާމުން ވަކި ކުރައްވާފައެވެ.
ފުލުހުންގެ އިދާރާގެ ހިންގުމާ ހަވާލުވެގެން މިހާރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއެވެ.
ސަރުކާރުން ވެސް ބުނަމުންދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަމުރަށް 24 ގަޑިއިރު ވެގެން ދިޔަ އިރު ވެސް އެކަން ކޮށްފައެއް ނުވެއެވެ.