ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރަކީ ރާއްޖޭގެ ޖުޑީޝަރީ މިނިވަންވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި އެކަމަކީ ދިވެހިރާއްޖޭގެ އެތަށް ބަޔަކު އެކަމަށް މަރުހަބާ ކިޔާނޭ ކަމެއް ކަމަށް އިގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.
ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ޑޯރިސް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ސުޕްރީމް ކޯޓުގެ އަމުރު ވީހާ ވެސް އަވަހަށް، އިތުރު އެއްވެސް ޝަރުތެއް ނެތި ތަންފީޒުކުރާނޭ ކަމަށް ބައިނަލްއަގްވާމީ ޖަމާޢަތުން ދެކެވަޑައިގަންނަވާ ކަމަށް ވެސް ޑޯރިސް ވިދާޅުވިއެވެ.
I know yesterday's decision by the Supreme Court that reasserts the independence of the judiciary will be widely welcomed in #Maldives.
— James Dauris (@JamesDauris) February 2, 2018
Friends around the international community will be hoping that the government complies with the Court's ruling quickly and unconditionally.
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރުން ފަސްޖެހިފައިވާ އިރު، ގިނަ ބަޔަކު ދަނީ ހުކުމް ތަންފީޒުކުރުމަށް ގޮވާލަމުންނެވެ. ސުޕްރީމް ކޯޓުގެ ހުކުމް ދިރާސާ ކުރަމުންދާ ކަމަށް އެޓަރނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ވިދާޅުވެފައެވެ.