ރައީސް އަބުދުﷲ ޔާމީންގެ ކެބިނެޓްގެ ވަޒީރުން އިސްތިއުފާ ދޭން ފަށާނޭ ކަމަށާއި، އެކަމުގެ މަޝްވަރާތައް މިހާރު ކުރެވެމުންދާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
Iraadhakureviyya Dictator Yameen ge MPs alhugandumennaa gulheyne, Vazeerun adhi ehenihen siyaasee magaamuthakugai thibbevi beyfulhun dhaanee isthiufaa dhevvamun. Alhugandumen midhanee ebeyfulhunnaa mashvaraakuramun
— Ahmed Mahloof (@AhmedMahloof) February 2, 2018
މަޚްލޫފް ވިދާޅުވީ، އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އިސްތިއުފާދެއްވާނެ ކަމަށެވެ. އަދި އެބޭފުޅުންނާ ވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފައެވެ. މަޚްލޫފް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ އަނިޔާވެރިކަން ދައްކާ، މީހުން ހައްޔަރުކޮށް ޖލަށް ލައިގެން އަނިޔާދީ ބިރުދެއްކު ދުވަސް އެއީ މިހާރު މާޒީ ކަމަށެވެ. އޭނާ ވަނީ ދިވެހި ރައްޔިތުން ދައްކަމުންދާ ހިތްވަރަށް ޝުކުރު އަދާކޮށްފައެވެ.
Hayyaru kuran amuru hoadhan Criminal Court, High Court adhi Rashu Court thakugai salaan jehumunves ekameh nuvi. Dictator Yameen. Meehun hayyarukoh jalah laigen aniyaadhee birudhekki dhuvas Allah Iraadhafulhaaeku dhen eyee maazee. Saabas dhivehi rayyithun
— Ahmed Mahloof (@AhmedMahloof) February 2, 2018
ރައީސް ނަޝީދާއިއެކު، ސިޔާސީ އިތުރު އަށް ބޭފުޅަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އެ އަމުރު މިހާތަނަށް ވެސް ތަންފީޒުވެފައި ނުވާތީ ސިޔާސީ މަޝްރަހު އިތުރަށް ދަނީ ހަލަބޮލިވަމުންނެވެ. އެހެންނަމަވެސް ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ތަކުރާރުކޮށް ބުނަމުން ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.