ގައުމީ މަސްލަހަތު ނަގާލާ ގޮތަށް ބްރޮޑްކާސްޓް ކުރާ ހުރިހާ މީޑިއާ ތަކެއް އެންގުމަކާ ނުލާ ބަންދުކުރާނެ ކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ބުނެފި އެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު އިސްމާއިލް ސޮއްފާން ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އަމަލުކުރާ ހުރިހާ ޓީވީ ސްޓޭޝަނެއް ބަންދު ކުރާނެ ކަމަށެވެ.
އެގޮތުން ދޮގު މައުލޫމާތު ފަތުރާ ޓީވީ ޗެނަލްތަކާއި ގައުމުގެ މަސްލަހަތު ގެއްލޭ ގޮތަށް މައުލޫމާތު ފަތުރާ ހުރިހާ ތަނެއް ބެލޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރެއް މިފަދަ ގޮތަކަށް ހާމަކޮށްފައިވާ އިރު ބައެއް މީޑިއާ ތަކުން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ވަގުތުގައި ސުޕްރީމް ކޯޓުގެ ރަސްމީ ވެބްސައިޓް ހެކް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ފަތުރާފަ އެވެ. އެހެން ނަމަވެސް އެކަން ވަނީ ސުޕްރީމް ކޯޓުން ދޮގުކޮށްފަ އެވެ.