ސިޔާސީ ނުވަ ލީޑަރަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އެ ކޯޓްގެ ހުކުމް ފަސްފަނޑިޔާރުންގެ ސޮޔާއިއެކު ސްޕްރީމް ކޯޓްގެ ވެބްސައިޓަށް އަލުން އަޕްލޯޑްކޮށްފިއެވެ.
އެ ކޯޓުން ފުރަތަމަ އަމުރު ނެރުނު އިރު އެއްވެސް ފަނޑިޔާރެއްގެ ނަމެއް އަދި ސޮޔެއް ވެސް އަމުރުގައި ނެތެވެ. ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާއްމު ކުރި އަމުރުގައި ފަސް ފަނޑިޔާރުންގެ ނަމާއި ސޮއި އޮތީ ހިމަނުއްވާފައެވެ. އަމުރުގައިވާގޮތުން ފަސް ފަނޑިޔާރުން ވަނީ އިއްތިފާގުވެވަޑައިގެންފައެވެ.
ފަހުން ނެރުނު އަމުރުގައިވެސް އޮތީ ހަމަކުރީގެ އަމުރުގައިވެސް އޮތް ވާހަކަތަކެވެ.ސުޕްރީމް ކޯޓުން އަމުރު ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް،ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ،ކުރީގެ ޑިފެންސް މިނިސްޓަރ އަހުމަދު އަދީބު،
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލްރިޓަޔަރޑް މުހައްމަދު ނާޒިމް،ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން،ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން،ގއ މާމެންދޫ ވީނަސް އަހުމަދު ނިހާން،މ. ޝޫރާމަންޒިލް ހާމިދު އިސްމާއީލް މިނިވަންކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑިވެސް ނުގެއްލޭކަމަށް ކޯޓުން ވަނީ ނިންމާފައެވެ.